ވ. ރަކީދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 64 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީ އިން ބުނީ ރަކީދޫ ބަނދަރު މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ އާ ގޮނޑުދޮށް ސަރަހައްދުގެ ނެރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މުޅި މަޝްރޫއުގެ 64 ޕަސެންޓް އެއްކޮށް ނިމިފައިވާ ކަމަށް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 5،554 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމާއި މިހާރު ބޭނުން ކުރަމުން އަންނަ ނެރުގެ 100 ކިއުބިކް މީޓަރު ފުންކުރުމާއި 156 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން ހިމެނެ އެވެ. އޭގެ އިތުރުން، 74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 594 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ އެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ 18.5 މިލިއަން ރުފިޔާއަށެވެ. މި މި މަޝްރޫއުގެ މަސައްކަތް މޮބިލައިޒް ކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު