ޑައިރެކްޓް ކޮންޓެކްޓްވެ މައިކް ޕޮމްޕެއޯ ކަރަންޓީނުކޮށްފިއެެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ކަރަންޓީނަށް ގޮސްފައިވަނީ ޕޮޒިޓިވްވި މީހަކާ ދިމާވެ ޑައިރެކްޓް ކޮންޓެކްޓް ވުމާ ގުޅިގެންކަމަށް ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވިދާޅުވެފައި ވެއެވެ.

ޕޮމްޕެއޯ ކަރަންޓީނު ކޮށްފައިވީ ނަމަވެސް ކޮވިޑަށް ހެދި ޓެސްޓުން ވަނީ ނެގެޓިވް ނަތީޖާއެއް ދައްކައިފައެވެ. ނަމަވެސް އެމެރިކާގެ ސީޑީސީގެ ގަވާއިދުގައިވާގޮތަށް ކަރަންޓީނުކޮށް މެޑިކަލް ޓީމުން ބަލަމުން އަންނަކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ.

ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯއާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވަނީ ސަރުކާރުގެ ކޮން ބޭފުޅެއް ކަމެއް އަދި ހާމަކޮށްފައި ނުވެއެވެ.

އެމެރިކާގެ ވެރިކަމަށް ޖޯބައިޑަން އިންތިހާބު ވެ ޓްރަމްޕްގެ ސަރުކާރު ބަދަލުވުމުގެ މަރުހަލާތައް ފަށާފައިވާއިރު އެގައުމުގެ ކޮވިޑްގެ ހާލަތު ރަނގަޅުކުރުމަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެމެރިކާގެ ރައްޔިތުންނަށް ކޮވިޑާ ދެކޮޅަށް ވެކްސިން ދޭން ފަށައި އެތައް ހާސްބަޔަކަށް މިހާރުވަނީ ވެކްސިން ދީފައެވެ.