ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ އެކްޓިވޭޓް ކޮށްލައިގެން ދެގުނަ ޑޭޓާ ލިބޭ ޕްރޮމޯޝަންގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ދިރާގުން ބުނީ އެކުންފުނީގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން މިދިޔަ މަހު މަހު ފެށި ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓާ ތަކުން ދެގުނަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަން މިމަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެކުންފުނިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާއެއް އެކްޓިވޭޓް ކޮށްގެންވެސް ދެ ގުނަ ޑޭޓާ ލިބޭނެ ކަމަށެވެ. ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ އެކްޓިވޭޓް ކުރުމަށް ދިރާގު މޯބައިލް އެޕް ނުވަތަ ދިރާގު ވެބްސައިޓުގައިވާ "މައި އެކައުންޓް" އަށް ލޮގިން ކުރުމަށްފަހު އެކައުންޓް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެއެވެ.

ދިރާގުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާ އާއި ފައިދާ ލިބޭން ގޮތަކަށް އިންޓަނެޓް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ބާއްވަމުންނެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައެވެ.