ދިވެހިންގެ ފަސްގަނޑުގައި ތިބެގެން ދިވެހި ކިޔަވާ ކުދިންނަށް މުސީބާތް ޖެއްސުމުގެ ފުރުސަތު އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލް، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އަށް ދީގެން ނުވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
މެންބަރު ރޮޒެއިނާ މިހެން ވިދާޅުވީ، އެ ސްކޫލްގެ ދަރިވަނުންގެ އަތުން ޑޮލަރުން ފީ ނަގާ މައްސަލަ ހައްލު ނުވެ އެތަނުގެ ބައެއް ދަރިވަރުންގެ ފްލައިން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބުނެ، އެ ސްކޫލްގެ ދަރިވަރުންގެ ޔޫނިއަނުން ބުނުމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ރޮޒެއިނާ ވިދާޅުވެފައިވަނީ، އޭއޭއޭ ހިންގަން މިހާރު ތިބި މީހުން ބޭރުކޮށް އެހެން ގޮތެއް ހޯދަން އެބަޖެހޭ ކަމަށާއި "ޖެއްސުން ކުރިއަސް އޭއޭއޭގެ ކަންތައް މިދެން ބޮޑުވަރު،" ކަމަށެވެ.
އޭއޭއޭގައި ހިނގަމުންދާ ކަންތައްތަކަކީ ގަބޫލު ކުރެވޭނެ ކަންތައްތަކެއް ނޫންކަމަށް ވިދާޅުވެ، އެތަނުގެ ކިޔަވާކުދިންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް ރޮޒެއިނާ ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ގޮވާލައްވައިފައެވެ.
ރޮޒެއިނާ ވިދާޅުވީ، އެސްކޫލުގެ ޖެއްސުން ދަރިވަރުންނަށް އެހާ ބޮޑުވެގެން ދަނީ، އޭއޭއޭ ހިންގާ ފަރާތްތަކުން ކުރަމުން ގެންދާ ކަންތައްތަކަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން، ވާގިވެރިވާ ފަރާތެއް ހުރެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އޭއޭއޭ ގައި ޕައިލެޓްކަން ކިޔަވަމުން އަންނަ 15 ދަރިވަރަކު މީގެކުރިން ވަކި ކޮށްފައިވާ މައްސަަލައަށްވެސް ސަރުކާރަށް ވަނީ ހައްލު ހޯދައި ނުދެވިފައެވެ. ނަމަވެސް ވަކިކުރި ދަރިވަރުން ވަނީ އެ މައްސަލަ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށްވެސް ހުށަހަޅައިފައެވެ.
އެ ސްކޫލްގެ ދަރިވަރުން ބުނީ މިނިސްޓްރީން އަންގާ އެންގުންތަކަށް އޭއޭއޭއިން ބޯ ނުލަނބާ ކަމަށެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް