ސްޕެއިންގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ތިބި ކޮވިޑް ބަލިމީހުން ބީޗަށް ގެންދަން ފަށައިފިއެވެ.

ސްޕެއިންގެ ބާސެލޯނާގެ ހޮސްޕިޓަލް ޑެލް މާރް އިންވަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންގ އަންނަ ކޮވިޑް ބަލި މީހުންނަށް ހިތްހަމަ ޖެހޭ މާހައުލެއް ހޯދައިދިނުމަށް ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކާއެކު ބީޗަށް ގެންދަން ފަށައިފައެވެ.

ބަލިމީހާ ބީޗަށް ގެންދަނީ އޭނާ އޮންނަ އެނދުގައެވެ. އަދި އެހީތެރިންގެ ގޮތުގައި ޑޮކްޓަރެއްގެ އިތުރުން ތިން ނަރުހުން އަބަދުވެސް އެމީހާގެ ހާލަތު މޮނިޓާ ކުރަމުންދާނެކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ހޮސްޕިޓަލުގެ އޮފިޝަލުން ވަނީ ބަލިމީހުން ބީޗަށް ގެންދިއުމުން އެމީހުންނަށް ލިބިގެންދަނީ މުޅިން ތަފާތު އުފަލެއްކަަމަށާއި އައިސީޔޫގައި ގިނަދުވަސްތަކެއް ވަންދެން އޮތުމުން ލިބޭ ވޭނަށް ލުއިކަމެއް ގެނުވާނެކަމެއް ކަމުގައިވެސް އޮފިޝަލުން ފާހަގަކުރެއެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކަކަށް ކޮވިޑްގެ އިތުރު ރާޅުތައް އަރާފައިވާއިރު ސްޕެއިން އަށްވެސް ވަނީ ގިނަ ކޭސްތަކެއް ފެނީ ހާލަތު ގޯސްވެފައެވެ. އަދި އެގައުމުގެ ހޮސްޕިޓަލުގަށް ފުރި އިތުރު އެނދުތައްވެސް ހޮސްޕިޓަލުތަކަށް ވަނީ އިތުރުކޮށްފައެވެ.