ޑްރޯންއެއް ބޭނުން ކޮށްގެން ކ. މާފުށީ ޖަލަށް ވައްދަން އުޅުނު ބައެއް ތަކެތި އަތުލައިގެންފި އެވެ.
ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑްރޯން ބޭނުންކޮށްގެން މާފުށި ޖަލަށް ވައްދަން އުޅުނު މަނާތަކެތި ޕްރިޒަންސް އޮފިސަރުން ރޭގެ ވަގުތެއްގައި އަތުލައިގެންފައިވާ ކަމަށެވެ.
އަތުލައިގެން ތަކެތީގެ ތެރޭގައި އާދައިގެ އަށް މޮބައިލް ފޯންގެ އިތުރުން ހަ ޗާޖަރާއި ވައިފައި ރައުޓަރެއްގެ އިތުރުން ޔޫއެސްބީ ކޭބަލްތަކަކާއި ދެ ސިމް ކާޑު ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.
ކަރެކްޝަންސް އިން މައުލޫމާތުދޭ ގޮތުގައި ޑްރޯން ބޭނުން ކޮށްގެން މާފުށީ ޖަލަށް ތަކެތި ވައްދަން މީގެ ކުރިން ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު