އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވަކީލަކަށް ކޮވިޑް ޖެހި ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
އެމެރިކާގެ ރައީސްގެ އަރިހުގައި އެގައުމުގެ ރިޔާސީ އިންތިހާބުގެ ކަންކަމުގައި މަސައްކަތްކުރެއްވި ވަކީލު ރޫޑީ ގުއިލިއަނީ އަށް ކޮވިޑް ޖެހިފައިވާކަން ކަށަވަރުކޮށް އޭނާ ވަނީ ޓުވީޓެއް ކުރައްވައިފައެވެ.
ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ކޯޓަށް މައްސަލަތައް ވެއްދުމުގައިވެސް އެންމެ އިސްކޮށް އުޅެފައިވަނީ ރޫޑީއެވެ.
ރޫޑީއަށް ކޮވިޑް ޖެހިފައިވާކަން އެނގިވަޑައިގެންނެވުމާއެކު ރައީސް ޓްރަމްޕް ވަނީ ރޫޑީ އަށް އަވަސް ޝިފާއަކަށް އެދިވަޑައިގަތުމަށް ޓުވީޓެއް ކުރައްވައިފައެވެ.
ގިނަ ބަޔަކު ވަނީ އެމެރިކާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯނުލަނބައި ޓްރަމްޕްގެ ކެމްޕެއިން ޓީމުން މަސައްކަތްތައް ކުރިއަށްގެންދާ ކަމަށް ބުނެ ފާޑުކިޔައިފައެވެ.
މިހާތަަނަށް އެމެރިކާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 14.6 މިލިއަނަށް އަރާފައިވާ އިރު، އެގައުމުން 281،234 މީހުން އެ ބަލީގައި މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ