ހދ. ނެއްލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އެމްޓީސީސީގެ ސީއީއޯ، އާދަމް އާޒިމް ބައްލަވައިލައްވައިފިއެވެ.
އެމްޓީސީސީން ބުނީ، އެކުންފުނީގެ ސީއީއޯ އާދަމް އާޒިމާއި އެ ކުންފުނީގެ އިސްވެރިން ނެއްލައިދުއަށް ޒިޔާރަތްކުރައްވައި، އެރަށުގައި އެކުންފުނިން ކުރިއަށްގެންދާ ބަނދަރުގެ މަޝްރޫއު ކުރިއަށްދާ ސްޕީޑު ބައްލަވާލައްވާފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ނެއްލައިދޫގައި 22،860 އަކަމީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން ފުންކުރުމާއި 10،294 އަކަމީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް މަރާމާތުކުރުމާއި 164 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން 224 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށިލުމާއި ގްރޯންސް ޖެހުމުގެ މަސައްކަތާއި 2،102 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި އާއި ނެރު ބައްތި ޖަހާނެއެވެ.
އޮގަސްޓް 27، 2019 ގައި އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ ޖުމްލަ 47.6 މިލިއަން ރުފިޔާއަށެވެ. އެއީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު