ތޫފާން "ބުރެވި" އިންޑިއާއަށް އަރައިފިއެވެ.

އިންޑިއާގެ ކެރެލާގެ މެދުތެރޭ ސަރަހައްދަށް ތޫފާން "ބުރެވި" އަރާފައިވާއިރު ތޫފާނުގެ ބާރު ދަށްވެ ޑީޕް ޑިޕްރެޝަން އަކަށް ބަދަލުވެފައިވާކަމަށް އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ތޫފާން "ބުރެވި" ކެރެލާއަށް އަރާފައިވާއިރު ކުރިން ނެރެފައިވާ އޮރެންޖް އެލާޓް ވަނީ ދަށްކޮށް ޔެލޯ އެލާޓަކަށް ބަދަލުކޮށްފައެވެ.

އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ ދެކުނާއި މެދުތެރޭ ކެރެލާ އަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ބެލެވޭ ކަމަށެވެ.

ކެރެލާގެ 5 ޑިސްޓްރިކްޓެއް އެގައުމުގެ ސަރުކާރުން ވަނީ ބަންދުކޮށްފައެވެ. އިންޑިއާގެ މެޓުން ވަނީ އެގައުމަށް ތޫފާން "ބުރެވި" އަރާއިރު 70 ނުވަތަ 80 މޭލާ ދެމެދަށް ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށް ބުނެފައެވެ.

ކެރެލާ ސްޓޭޓްގައި 2000 އަށްވުރެ ގިނަ ރިލީފް ކޭމްޕްތައް ހަދާފައިވާއިރު 15000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ބަދަލުކޮށްފައެވެ.