ތޫފާން އެރުމާއެކު ސްރީލަންކާއިން 75،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.
ތޫފާން "ބުރެވި" ލަންކާގެ އިރުމަތީ އައްސޭރިފަށަށް އަރާފައިވާއިރު އެންމެ ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވިފައިވާ ސްރީލަންކާގެ ޓްރިންކޮމަލީގެ ސަރަހައްދުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރި މީހުންނަށް 237 ރިލީފް ސެންޓަރުތައް އެގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓުގެ ފަރާތުން ވަނީ ގާއިމުކޮށްފައެވެ.
ސްރީލަންކާގެ ޗީފް އޮފް މީޓިއޮރޮލޮޖީ ޑިޕާޓްމަންޓް، އަތުލާ ކަރުނަޔަކެ ވިދާޅުވީ ތޫފާން އަރައި އެގައުމުގެ ބައެއް ސަރަހައްދުތަކަށް 200 މިލިމީޓަރާ ހަމައަށް ވާރޭވެހޭނެ ކަމަށް ފޯކާސްޓް ކުރެވިފައިވާ ކަމަށެވެ.
ތޫފާން "ބުރެވި" ބާރުގަދަވެފައިވުމާއެކު ގަޑިއަކު 50 ނުވަތަ 56 މޭލަށް ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށް ލަންކާގެ މެޓުން ބުނެފައިވެއެވެ.
އަތުލާ ވިދާޅުވީ ތޫފާނު ބާރުގަދަ ކަމަށާއި މިސްރާބު ހުރީ އަރަބި ކަނޑާ ދިމާލަށް ކަމަށެވެ.
އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ވަނީ އެގައުމަށްވެސް ތޫފާން "ބުރެވި" ހުކުރު ދުވަހު އަރާނެ ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން އިންޑިއާގެ ޑިޒާސްޓާ އިން ވަނީ ހާއްސަ ޓީމުތަކެއް އެގައުމުގެ ދެކުނު ތަމިލްނާޑޫގެ އިތުރުން ކެރެލާ ސަރަހައްދަށް ފޮނުވައިފައެވެ.
އިންޑިއާގައި ތޫފާން އަރާނެ ކަމަށް ބެލެވޭ ސަރަހައްދުތަކަށް މިހާރު ވަނީ ރެޑް އެލާޓް ނެރެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ