ދުނިޔެ

ދުނިޔޭގެ އެންމެ ފުން ޕޫލް ޕޮލެންޑުގައި ހުޅުވައިފި

މުހައްމަދު އައުޒަމް

ދުނިޔޭގެ އެންމެ ފުން ޕޫލް ޕޮލެންޑުގައި ހުޅުވައިފިއެވެ.

ފުންމިނުގައި 148 ފޫޓު ހުންނަ އެ ޕޫލަކީ ޑައިވަރުން ތަމްރީނުކުރުމަށް ހަދާފައިވާ ޕޫލެކެވެ. އިންޖިނިއަރުން ވަނީ ޕޫލްގައި 280،000 ކިއުބިކް ފޫޓުގެ ފެން ޕޫލުގައި ހުންނާނެ ކަމަށް ފާހަގަކޮށްފައެވެ. މިއީ 27 އޮލިމްޕިކް ސައިޒުގެ ސުވިމިންގް ޕޫލުގެ ޖުމްލަ ހުންނަ ފެނާ އެއްވަރުގެ އަދަދެކެވެ.

ޕޫލުގެ އަޑީގައި ހޮހޮޅައެއް ހަދާފައިވާއިރު އަޑީގައި ހަލާކުވެފައިވާ ބޯޓެއް އޮންނާނެ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި ޕޫލް ހާއްސަ ކުރެވިފައިވަނީ ޑައިވަރުންގެ އިތުރުން ޕޮލެންޑުގެ އާމީއާއި ފަޔާ ފައިޓަރުން ތަމްރީނުކުރުމަށް ކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ބުނީ ޕޫލުގެ އަޑި ފެންނަ ގޮތަށް ހާއްސަ ހޮޓަލެއް ހަދާފައިވާ ކަމަށެވެ. އަދި ޑައިވަރުންގެ ޓްރޭނިންތައް ބަލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޓަނަލްއެއް ޕޫލްގައި ހުންނާނެ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.