އަގަށް އެސައިންމެންޓް ހަދައި ދޭ މައްސަލައަށް ހައްލެއް ހޯދުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން، ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ބައްދަލުވުމަކީ މިހާރު ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ތަހުގީގީ އިދާރާއެއްގެ އެހީތެރިކަމާއެކު ވިޔަފާރި އުސޫލުން އެސައިންމެންޓް ހަދާ މައްސަލައަށް ހައްލެއް ހޯދުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އެ ބައްދަލުވުމުގައި މީސް މީޑިއާ އާއި އާންމު ތަންތަނުގައި އެފަދަ ކަންކަން އިޝްތިހާރު ކުރުން ހުއްޓުވުމަށްޓަކައި ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށް ވެސް ބުންޏެވެ.
އެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް ހަމީދު ވަނީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުތަކުގެ ތެރެއިން ވެސް އެ މައްސަލަތައް ބެލުމުގައި ހުރަހެއް ނެތްކަން ފާހަގަކުރައްވައިފަ އެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަތީ ތައުލީމާއި ތަމްރީންގެ ބިލު ފާސްވެ ތަސްދީގުކުރެވޭ ހިސާބުން އެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް އިތުރަށް ފުރިހަމަކަން ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަތީ ތައުލީމާބެހޭ ބިލުގައި އަގަށް އެސައިންމެންޓް ހަދައިދޭ މީހުންނަށް ފިޔަވަޅު އެޅުމުގެ ގޮތުން އެކަން ގާނޫނީ ކުށަކަށް ހެދުމަށް ވަނީ ހިމަނައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު