ޓެކްސް އެޕީލް ޓްރައިބިއުނަލް (ޓެޓް)އަށް ފަސް ބޭފުޅަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.
ޓެޓަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފަސް ބޭފުޅުންނަކީ އއ. މަތިވެރި/ ވެސްޓް ބީޗް މުހައްމަދު މުނައްވަރު އާއި ގ. ގޮފި/ މިންހަތު އިއްޒަތު އާއި މއ. ވިލާރޮދި/ އިސްމާއިލް ސާޖިދު އާއި މ. ފާމުދޭރިގެ/ ހުސެއިން ޒައިދާން ޖަލީލު އަދި ދަފްތަރު ރސ. 7883/ އަހުމަދު އަޝްރަފެވެ.
ޓެކްސް އެޕީލް ޓްރިއިބިއުނަލްގެ މެންބަރުކަމަށް ފަސް ބޭފުޅަކު އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޮއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް 10 ނަމެއް ފޮނުއްވިއެވެ.
އެއީ ޓްރައިބިއުނަލްގައި މިހާރު ތިއްބެވި ފަސް މެންބަރުންގެ މުއްދަތު މިމަހު 28 ވަނަ ދުވަހަށް ހަމަވާތީއެވެ.
އެނަންތައް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރުމަށްފަހު، މަޖިލީހުގެ ތަޅުމަށް ކޮމިޓީ ރިޕޯޓް ހުށަހެޅިއެވެ.
އޭގެ ތެރެއިން ފަސް ބޭފުޅުންގެ ނަން މަޖިލީހުން މިއަދު ފާސްކުރީ އެ ކޮމިޓީ ރިޕޯޓުގައި ހިމެނޭ ނަންތަކަށް ވޯޓަށް އަހައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު