ހދ. ވައިކަރަދޫ ގޮނޑުދޮށުގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމު "ވަން" އަށް ވިދާޅުވީ، އެރަށު ބަނދަރު އުތުރު ފަރާތު ގޮނޑުދޮށުގައި މަރުވެފައި އޮއްވައި ފެނުނީ އުމުރުން 74 ވަރަކަށް އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ މަރުވެފައި އޮއްވައި ފެނުނީ ރަށު އަންހެނަކަށް ކަމަށް ބުންޏެވެ.
"އޭނަ ދިޔައީ ރަށު ބަނދަރުގެ އިރުމަތީ ފަރާތުގައި އޮންނަ ފަރުމައްޗަށް މަސް ބާނަން. އޭރު ދިޔަވަރު ހިކިފަ އޮތީ. ދިޔަތާ ގަޑިއިރެއްހާއިރު ނުވާނެ މަރުވެފައި އޮއްވައި ފެނުނުތާ. ތުރުތުރު އަޅާ ބަލި ހުންނަ މީހެއް އެއީ،" ނަސީމު ވިދާޅުވި އެވެ.
ނަސީމު އިތުރަށް ވިދާޅުވީ، މަރުވެފައި އޮއްވައި ފެނުނު މީހާ މަރުވީ ފިޓް ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު