މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޕޯސްޓް ބިލްޑިން ކުރިމަތިން ހިފެހެއްޓި މީހަކު ބަލައި ފާސްކުރިިއިރު އޭނާގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ރަބަރުގަނޑުތަކެއް ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާގެ އަތުން ފެނުނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބޮޑު ދެ ރަބަރުގަނޑު ކަމަށްވެސް ފުލުހުން ބުންޏެވެ.