ޓްރަޕްގެ ވާހަކަތަކަށް ރައްދު ދިނުމުން އިންތިހާބުގެ އިސް އޮފިޝަލަކު މަގާމުން ވަކިކޮށްފިއެވެ.

މަގާމުން ވަކިކޮށްފައިވަނީ އެމެރިކާގެ ސައިބާ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާ ސެކިއުރިޓީ އެޖެންސީގެ ޗީފް، ކްރިސް ކްރެބްސް އެވެ. ކްރިސް ކްރެބްސް އަކީ ރިޔާސީ އިންތިހާބުގެ ސެކިއުރިޓީ އޮފިޝަލެކެވެ.

ޓްރަމްޕް ވަނީ އެގައުމުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި، ވޯޓު ގުނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ އިލެކްޝަންސް އޮފިޝަލުން ވަނީ އެގައުމުގައި މިހާތަނަށް ބޭއްވި އިންތިހާބުތަކުގެ ތެރެއިން އެންމެ ފުރިހަމަ އިންތިހާބަކީ މިއަހަރުގެ ރިޔާސީ އިންތިހާބު ކަމުގައި ބުނެފައެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޓްރަމްޕް ވަނީ އެގައުމުގެ ޑިފެންސް ސެކްރެޓަރީވެސް މަގާމުން ދުރުކުރައްވައިފައެވެ. އަދި ޓްރަމްޕް ރައީސްކަމުން ވަކިވެ ވަޑައިގެންނެވުމުގެ ކުރިން އެގައުމުގެ ސީއައިއޭގެ ޑިރެކްޓަރާއި އެފްބީއައިގެ ޑިރެކްޓަރުވެސް މަގާމުން ވަކިކުރަވާނެ ކަމުގެ އަޑުތައްވަނީ ފެތުރިފައެވެ.