އިންތިހާބު ކާމިޔާބު ކުރީ ބައިޑަން ކަމަށާއި ނަމަވެސް އިންތިހާބުގެ ނަތީޖާ ބަލައި ނުގަންނަ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބައިޑަން ކާމިޔާބު ކުރެއްވިކަމަށް ވިދާޅުވެ ޓުވީޓް ކުރެއްވުމަށްފަހު ގަޑިއެއްހާއިރު ފަހުން ރާގު ބަދަލުކުރައްވައި އިންތިހާބު ވަނީ އޮޅުވާލާފައި ކަމަށާއި ބަލައިނުގަންނަކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވައިފައެވެ.
ޓްރަމްޕްގެ ކެމްޕެއިން ޓީމުން ވަނީ އިންތިހާބަށްފަހު ވޯޓު ގުނުން ކުރިޔަށްދިޔަ ގިނަ ފޮށިތަކެއްގެ ވޯޓު ގުނުން ހުއްޓުވުމަށް އެދި ކޯޓަށް ހުށަހަޅައިފައެވެ. ނަމަވެސް މިހާތަނަށް ކޯޓުން ޓްރަމްޕް އަށް އެއްވެސް ކާމިޔާބީއެއް ލިބިވަޑައިގެންފައެއް ނުވެއެވެ.
މިދިޔަ ހުކުރު ދުވަހު އެމެރިކާގެ އިލެކްޝަންސް ކޮމިޓީން ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެއްވެސް އޮޅުވާލުމެއް މަކަރު ހެދުމެއް ނެތްކަމުގެ ޔަގީންކަން އަރުވައިފައެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޖޯބައިޑަން ވަނީ ބޮޑު ތަފާތަކުން ޓްރަމްޕް ބަލިކުރައްވައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ