ވޯޓު އޮޅުވަލާފައިވާ ކަމަށް ޓްރަމްޕް ކުރާ ތުހުމަތުތަކަށް އިލެކްޝަންސްގެ އޮފިޝަލުން ރައްދުދީފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ނިމި ވޯޓު ގުނުމުގެ އެންމެ ފަހު މަރުހަލާތައް ކުރިއަށްދާ އިރު، އެގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންތިހާބުގެ ކަންކަން ހިނގާފައިވަނީ ބޮޑެތި އޮޅުވާލުންތަކެއް އެކުލެވޭ ގޮތަކަށް ކަމަށާއި ވޯޓުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.

ޓްރަމްޕްގެ ތުހުމަތުތަކަށް ރައްދުދީ އެމެރިކާގެ އިލެކްޝަންސް ކޮމިޓީން ބުނީ އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެއްވެސް ވޯޓެއް ގެއްލި ނުވަތަ ވޯޓަށް ބަދަލު އައިސްދާނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ކޮމިޓީން ވަނީ މިއަހަރު މިބޭއްވި އިންތިހާބަކީ އެމެރިކާގެ ތާރީހުގައި އެންމެ ރައްކާތެރިކަމާއެކު ބޭއްވިގެންދިޔަ އިންތިހާބުކަމުގައި ފާހަގަކޮށްފައެވެ.

އިންތިހާބުގެ ނަތީޖާއިން ދައްކާގޮތުން މިހާތަނަށް ލިބިފައިވާ ވޯޓުތަކާއި ނަތީޖާ ނުލިބޭ ވޯޓުތަކަށް ބަލާލި ނަމަވެސް އިންތިހާބު ކާމިޔާބުކޮށްފައިވަނީ އިދިކޮޅު ކެނޑިޑޭޓު ޖޯ ބައިޑަންއެވެ. ބައިޑަން ވަނީ އިލެކްޓޯރިއަލް ކޮލެޖް ވޯޓުން ބުޑޮ ތަފާތަކުން ޓްރަމްޕް ބަލިކޮށްފައެވެ.