މިޝިގަންގެ ނަތީޖާ ބަލައިގަތުން ހުއްޓުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.
ޓްރަމްޕްގެ އިންތިހާބު ޓީމުން ވަނީ މިޝިގަން އިން އެސިޓީގެ ދާއިމީ ނަތީޖާ ބަލައިގަތުން ހުއްޓުވުމަށް އެސިޓީގެ ކޯޓަށް ހުށަހަޅާފައެވެ.
މިޝިގަންގެ ވޯޓު ގުނުން ހުއްޓުވުމަށް ޓްރަމްޕް މީގެ ކުރިން ވެސް ކޯޓަށް މައްސަލަ ހުށަހެޅުއްވިއެވެ. ނަމަވެސް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައިފައެވެ.
މިފަހަރުގެ މައްސަލަވެސް ޓްރަމްޕްގެ ކޮޅަށް ނިމިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. މިޝިގަންގެ ނަތީޖާ އަށް ބަލާއިރު ބައިޑަން ވަނީ އިތުރަށް 145000 ވޯޓު ހޯއްދަވައިފައެވެ. ޓްރަމްޕް އަށް ކޯޓުން ކާމިޔާބު ލިބިވަޑައިގެން ނަތީޖާ އަށް ބަދަލު އައިކަމުގައިވިޔަސް އިންތިހާބުގެ ޖުމްލަ ނަތީޖާއަށް ފާހަގަ ކުރެވޭވަރުގެ ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބޮޑެތި މައްސަލަތަކެއް އުޅޭކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓަރްމްޕް މީގެ ކުރިންވެސް
ވަނީ ބައެއް ސްޓޭޓް ތަކުގެ ވޯޓު ގުނުން ހުއްޓުވުމަށް ކޯޓަށް ހުށަހަޅުއްވައިފައެވެ. އެގޮތުން ޖޯޖިޔާ، ޕެންސިލްވޭނިއާގެ ވޯޓު ގުނުން ހުއްޓުވުމަށް ޓްރަމްޕްގެ ކެމްޕެއިން ޓީމުން ހުށަހަޅާފައި ވެއެވެ. އެހެންނަމަވެސް އަދި މިހާތަނަށް އެއްވެސް މައްސަލައެއް ޓްރަމްގެ ކޮޅަށް ނިމިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ