ބައިޑެން އިންތިހާބު ކާމިޔާބުކުރިކަމަށް ބަލައިނުގަންނަ ކަމަށް އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.
ޕޮމްޕެއޯ ވިދާޅުވީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް މަސައްކަތް ފަށާނީވެސް އަމާންކަމާ އެކީ ކަމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮމްޕެއޯ ވިދާޅުވީ އެގައުމުގައި ހިނގަމުންދާ ހުރިހާ ކަންތައްތަކެއް މުޅި ދުނިޔެ ގާތުން ބަލަމުން އަންނަ ކަމަށެވެ.
ޕޮމްޕެއޯ ވިދާޅުވީ ހުރިހާ ވޯޓުތަކެއް ގުނާނެ ކަމަށާއި ހުރިހާ ކަމެއް ނިމުމުން އިންތިހާބު ނިމި ބަޔަކު އިންތިހާބު ވާނެ ކަމަށެވެ. ޕޮމްޕެއޯ ވަނީ އެއީ ގާނޫނުގައި އިންތިހާބުގެ ކަންކަމާ ބެހޭގޮތުން އޮންނަ ގޮތްކަމަށް ވިދާޅުވެފައެވެ.
ޕޮމްޕެއޯ ވިދާޅުވީ ސަރުކާރު ދެވަނަ ދައުރަކަށް ބަދަލުވުމަށް ކުރަން ޖެހޭ ހުރިހާކަމެއް ކުރައްވާނެ ކަމަށާއި ޖެނުއަރީ 20 ގެ ފަހުންވެސް ހުންނަވާނީ މިހާރުގެ ރައީސް ކަމަށެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ނިމި ވޯޓު ގުނުމުގެ އެންމެ ފަހު މަރުހަލާ ކުރިޔަށް ދާއިރު މިހާތަނަށް ލިބުނު ވޯޓުގެ ނިސްބަތުން އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ލީޑަރު ޖޯ ބައިޑަން އެވެ. އެއާއެކު މިހާރުގެ ރައީސް ވަނީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކާއި މަކަރުހެދުން ފާހަގަވެފައިވާ ކަމަށް ވިދާޅުވެ ބައެއް ސްޓޭޓް ތަކުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ މައްސަލަ ކޯޓަށް ވައްދަވައިފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ