ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.
އެ މައްސަލައިގައި ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ތާވަލުކޮށްފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:45 އަށެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ޝަރީއަތުގެ މަޖިލިސް ނިންމަވައިލައްވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިންނެވި، އިސް ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ އިތުރުކަމެއް ސާފުކުރަން ނެތްކަމަށް ވާނަމަ ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.
ޔައުގޫބުގެ މެންބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފައްދައި އެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދުނު އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެންބަރުކަން ގަބޫލު ކުރެއްވުމުންނެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. ހަލީމުގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެންބަރު އަސްއަދު ޝަރީފް، ވެސް އިތުރު މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށަހަޅުއްވާފައިވެއެވެ. މި ދެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްގެންދަނީ އެއް މައްސަލައެއްގެ ގޮތުގައެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުއްވި ހަލީމު ވިދާޅުވީ އެ މައްސަލައަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގެ ތިންވަނަ ނަންބަރާއި އަށްވަނަ ނަންބަރާ ޔައުގޫބު ހިލާފުވެފައިވާތީ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލައެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު