އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޗީފް އޮފް ސްޓާފް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ޓްރަމްޕްގެ ޗީފް އޮފް ސްޓާފް މާކް މެޑޯވްސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އެމެރިކާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާއިރު ވައިޓް ހައުސްގެ އޮފިޝަލުން މިކަމުގެ މައުލޫމާތު ދިނުމަށް ދެކޮޅު ހަދާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕްގެ އަރިހުގައި އުޅުއްވި މާކް ޕޮޒިޓިވް ވުމާއެކު މިއީ އެތައް ބަޔަކަށް ބޮޑު ބިރުވެރިކަމެއްގެ ގޮތުގައި މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
މިދިޔަ ހަފްތާގައި ނޫސްވެރީންނާއި ވާހަކަ ދައްކަވަމުން މާކް މެޑޯވްސް ވަނީ މާސްކު އަޅައިގެން ވާހަކަ ނުދެއްކެވޭނެ ކަމަށް ވިދާޅުވެ ނޫސްވެރީންނަށް މައުލޫމާތު ދެއްވުމަށް ވެސް ދެކޮޅު ހައްދަވައިފައެވެ.
ޓްރަމްޕާ ބައްދަލުވެފައިވާ ގިނަބަޔަކަށް ދާދި ފަހުން ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރޭގައި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން ވެސް ހިމެނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ