ޓްރަމްޕްގެ އެންމެ އަރިސް ބޭފުޅުން އެމަނިކުފާނު ދޫކޮށް ދުރަށް ޖެހިވަޑައިގަންނަވަން ފައްޓަވައިފި އެވެ.
ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ވަނީ ރައީސް ޓްރަމްޕްގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި އިސް އޮފިޝަލުންވެސް ޓްރަމްޕް އާއި ދުރަށް ޖެހިވަޑައިގަންނަވަން ފައްޓަވައިފި ކަމަށް ބުނެފައެވެ.
ޓްރަމްޕްގެ މި ފަހަރުގެ ކެމްޕެއިންގައި އެންމެ އަރިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވެސް އެމަނިކުފާނު ދޫކޮށް ދުރަށް ޖެހިވަޑައިގެންފައިވާ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ.
ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއީ ޓްރަމްޕަށް ޕެންސިލްވޭނިއާ އާއި ޖިއޯޖިއާގެ ވޯޓުން ކާމިޔާބު ނުވާނެކަން ޔަގީން ވުމުން އަމިއްލަ ސަލާމަތަށް އެބޭފުޅުން ކުރައްވަމުން ގެންދަވާ ކަމެކެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން ނިމި ގުނުމުގެ މަސައްކަތް ކުރިޔަށްދާއިރު ޑޮނަލްޑް ޓްރަމްއަށް ވަނީ އިލެކްޓޯރަލް ވޯޓުން ކާމިޔާބު ކުރެވޭނެ ކަމުގެ ފުރުސަތު ކުޑަ ވެފަ އެވެ. އެއާއެކު ޓްރަމްޕް ވަނީ އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަން އަށް ކާމިޔާބު ލިބިވަޑައިގަންނަވާ ކޮންމެ ސްޓޭޓެއްގެ ވޯޓުގެ މައްސަލަ ކޯޓަށް ވައްދާނެކަމަށް ވިދާޅުވެފައެވެ. ބައެއް ސްޓޭޓްތަކުގެ ވޯޓުގެ މައްސަލަ ކޯޓަށްވެސް ހުށަހަޅުއްވައިފައެވެ. ނަމަވެސް އަދި އެއްވެސް ކޯޓަކުން ޓްރަމްޕް އާ އެއްކޮޅަށް ނިންމުމެއް އައިސްފައެއް ނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ