އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަމުން ގެންދަވާ އެމެރިކާގެ ކުރީގެ ނައިބު ރައީސް، ޖޯ ބައިޑަންގެ ގެކޮޅު ހުންނަ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި އެވެ.
އިދިކޮޅު ކެންޑިޑޭޓް ބައިޑަންގެ ގެކޮޅު ހިމެނޭ ސަރަހައްދުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިންނެވެ.
އެފްއޭއޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނީ، ޑެލަވެއާގެ ވިލިންގްޓަންގައި ހުންނަ ބައިޑަންގެ ގެކޮޅު ހިމެނޭ ސަރަހައްދުގެ ވަށައިގެން އެއް މޭލުގެ ސަރަހައްދެއް "ނޯ ފްލައި ޒޯން" އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން ބައިޑަންގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އެމެރިކާގެ ސީކްރެޓް ސާވިސްގެ އިތުރު ޓީމެއް ވެސް ވިލިންގްޓަންގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.
އެފްއޭއޭ އިން ވަނީ ބައިޑަން އިންތިހާބު ކާމިޔާބު ކުރައްވައިފިނަމަ، ބަސްތީގަތުން ދެއްވުމަށް ހަމަޖެހިފައިވާ ޗޭސް ސެންޓަރު ހިމެނޭ ވައިގެ ސަރަހައްދު ވެސް ބަންދު ކޮށްފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ