އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޕެންސިލްވޭނިއާގެ ވޯޓު ގުނުން ކުރިއަށްދާއިރު މިހާތަނަށް ގުނި ވޯޓުގެ ނަތީޖާ އިން ރައީސް ޑޮނާލްޑް ޓްރަމްޕް ފަހަތަށް ޖައްސާލުމަށް ފަހު ޖޯ ބައިޑެން ކުރި ހޯއްދަވައިފި އެވެ.
މިހާތަނަށް ގުނަމުން އަންނަ ސްޓޭޓުތަކުގެ ނަތީޖާއަށް ބަލާއިރު ޓްރަމްޕަށް ޕެންސިލްވޭނިއާގެ 20 އިލެކްޓޯރިއަލް ވޯޓު ކާމިޔާބު ނުވެ، ބާކީ ހުރި ސްޓޭޓުތަކުން ކާމިޔާބު ހޯއްދެވުނު ނަމަވެސް ބައިޑަން އިންތިހާބުން މޮޅުވާނެ އެވެ. އެހެންކަމުން ޓްރަމްޕަށް މި އިންތިހާބު ކާމިިޔާބު ކުރެވުން ބިނާވެގެން ވަނީ ޕެންސިލްވޭނިއާގެ ނަތީޖާ އަށެވެ.
ޕެންސިލްވޭނިއާގެ 95 ޕަސެންޓް ވޯޓު ގުނައި ނިމިފައިވާއިރު މުޅި ދުނިޔެ މިހާރު އިންތިޒާރު ކުރަމުން އަންނަނީ އެ ސްޓޭޓުގެ ނަތީޖާ އަށެވެ.
މިހާތަނަށް އިލެކްޓޯރިއަލް ވޯޓު ލިބިފައިވާ ގޮތައް ބަލާއިރު ބައިޑަން އަށް ވަނީ 253 ވޯޓު ލިބިފަ އެވެ. ޓްރަމްޕަށް ލިބިފައިވަނީ 213 ވޯޓެވެ. އެންމެ އަވަހަށް 270 ވޯޓު ލިބިވަޑައިގަންނަވާ ބޭފުޅަކަށް އިންތިހާބު ކާމިޔާބުވާނެ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ