ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ ކުކުޅު ފިހާރައިން ކޮންމެ އަހަރަކު އަހަރު ނިންމުން ފާހަގަކުރުމަށް ކުރިއަށްގެންދާ "އިޔާ އެންޑް ޕްރޮމޯޝަން" ސިލްސިލާގެ މި އަހަރުގެ ޕްރޮމޯޝަން ފަށައިފި އެވެ.
ކުކުޅު ފިހާރައިން ބުނީ، "2020" ނިންމާ މި ޕްރޮމޯޝަން ފަށާފައި ވަނީ އިއްޔެ ކަމަށެވެ. މި ޕްރޮމޯޝަން އަންނަ ޑިސެންބަރު މަހުގެ 30 ވަނަ ދުވަހުގެ ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ފޭސްބުކް މެދުވެރިކޮށް ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ. އެގޮތުން ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖުގައި ވާ "ޝެއާ އެންޑް ވިން" ޕޯސްޓަށް ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާ ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެ ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.
ކުކުޅު ފިހާރައިން ބުނާ ގޮތުން މި ޕްރޮމޯޝަނުގެ ދެ ނަސީބުވެރިން ހޮވާނީ ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ ދުވަހު ނަގާ ގުރުއަތަކުންނެވެ. ކޮންމެ ހަފުތާއަކު ނަގާ ގުރުއަތުން ހޮވާ ނަސީބުވެރިޔާ، ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖުގައި އިއުލާން ކުރާނެ ކަމަށާއި، މި ޕްރޮމޯޝަންގެ އިނާމަކަށް ގަސް އިންދުމަށް ބޭނުންވާ ސާމާނުގެ "ގިފްޓް ޕެކެއް" ލިބޭނެ ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.
ގިނަ ބައެއްގެ މެދުގައި މަގުބޫލު ކުކުޅު ފިހާރަ އިން މީގެކުރިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އެ ފިހާރައިގެ އީ-ޝޮޕިން މޯލް ހުޅުވުމާއެކު އެކިއެކި ސާމާނު އަގުހެޔޮކޮށް މިހާރު ލިބެން ހުރެއެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް އެ ފިހާރައިން މީގެ ކުރިން ބުނެފައިވެއެވެ.
އެގޮތުން އެން 95 މާސްކާއި ސެނެޓައިޒާ ވެސް އެ ފިހާރައިގެ އީމޯލުން މިހާރު ލިބެން ހުރެއެވެ. އަދި ކުކުޅު ފިހާރައިގެ އައުޓްލެޓްތަކުން ގަހާއި ގަސް އިންދުމަށް ބޭނުންވާ ސާމާނު ވެސް މިހާރު ދަނީ ވިއްކަމުންނެވެ.
ކުކުޅު ފިހާރައިގެ ތިން އައުޓްލެޓެއް މާލޭގައި ހުންނަ އިރު ހުޅުމާލޭގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ހުރެއެވެ. އަދި އަތޮޅު ތެރޭގައި އއ. ތޮއްޑޫ، ރ. މަޑުއްވަރީ އަދި ސ. ހިތަދޫގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ވަނީ ހުޅުވައިފައެވެ.
ކުކުޅު ފިހާރައިން ބުނީ، މާލެ އާއި އަތޮޅުތެރޭގައި އެ ފިހާރައިގެ އިތުރު އައުޓްލެޓުތައް ހުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. ކުކުޅު ފިހާރައިގެ އަޒުމަކީ އެ ފިހާރައިގެ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކޮށް، ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނިކުރި ތަކެތި ފޯރުކޮށްދިނުމެވެ.
ކުކުޅު ފިހާރައިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މައުލޫމާތު ހޯދުމަށް ހުޅުމާލެއިން ނަމަ 9666575 އަށް އަދި މާލެއިންނަމަ 9986575 އަށް ގުޅުމަށް އެ ފިހާރައިން އެދެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި