އިންތިހާބުގެ ނަތީޖާ ޔަގީންވާ މިޝިގަންގެ ވޯޓު ގުނުން ހުއްޓުވުމަށް، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޯޓަށް މައްސަލަ ވައްދަވައިފިއެވެ.
އިންތިހާބުގެ ވޯޓު ގުނުމުގެ ކަންކަން ބެލުމުގައި ޓްރަމްޕްގެ ޓީމަށް ފުރުސަތު ލިބުފައި ނުވާ ކަމަށް މި މައްސަލައިގައި ބުނެފައި ވެއެވެ.
ޓްރަމްޕުގެ ކެމްޕެއިން މެނޭޖަރު ބިލް ވަނީ ވޯޓު ލާން ފެށީއްސުރެ އެ ޓީމަށް ވޯޓު ގުނުމުގެ ކަންކަމުގައި އޮބްޒާވް ކުރުމަށް މިޝިގަންގެ ގާނޫނުން ލިބެން ޖެހޭ ހައްގުތައް ލިބިފައި ނުވާ ކަމަށް ބުނެފައެވެ.
ބިލް ވަނީ މިޝިގަންގެ ކޯޓަށް މައްސަލަ ވައްދައިފައިވާ ކަން ކަށަވަރު ކޮށްދެއްވައިފައެެވެ. ޓްރަމްޕްގެ ޓީމުން ވަނީ އެ ޓީމަށް ބެލުމުގެ ފުރުސަތު ނުލިބި ފޮށި ހުޅުވައި، ގުނާފައިވާ ވޯޓުގެ ފޮށިތަކުގެ ކަންކަން އަލުން ބެލުމަށް ވެސް އެދިފައެވެ.
ޓްރަމްޕްގެ ކެމްޕެއިން މެނޭޖަރ ބިލް ވަނީ ގަވާއިދުގައިވާ ގުރިހާ ހައްގެއް މިޝިގަންގެ އިތުރުން އެހެން ސްޓޭޓް ތަކުން ހޯދުމަށް ޓްރަމްޕް މަސައްކަތް ކުރައްވާނެކަމަށް ބުނެފައެވެ.
މިޝިގަންގެ އިތުރުން ޓްރަމްޕްގެ ކެމްޕެއިން ޓީމުން ވަނީ ޕެންސޭލްވޭނިއާގެ ވޯޓުފޮށި ގުނުން ހުއްޓުވުމަށް އެމައްސަލަ ވެސް ކޯޓަށް ވައްދާނެ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ