ހުޅުމާލޭގައި ހުންނަ ފިިޔަވަތިން ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 36 މީހަކު ބަލިން ފަސޭހަވެއްޖެއެވެ.
އެންމެ ފުރަތަމަ ފިޔަވަތިން ކޮވިޑް ކޭސްތަކެއް ފެނިފައިވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހެވެ. އެ ދުވަހު ފިޔަވަތިން 13 ޕޮޒިޓިވް ކޭސް ފެނިފައިވެއެވެ. އޭގެ ފަހުންވެސް ފިޔަވަތިން ބަޔަކު ޕޮޒިޓިވްވިއެވެ.
ފިޔަވަތިން ޕޮޒިޓިވްވެފައިވަނީ 18 ކުދިންނާއި 20 މުވައްޒަފުންނެވެ.
"ވަން"އަށް މައުލޫމާތުދެއްވަމުން އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ، ފިޔަވަތިން ޕޮޒިޓިވްވި 38 މީހުންގެ ތެރެއިން 36 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށެވެ. އަދި ބާކީ ތިބި ދެ މީހުންވެސް މިމަހުގެ ހަވަނަ ދުވަހު ދޫކޮށްލާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފިޔަވަތީގެ އިތުރުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިންވެސް މިދިޔަ މަހުގެ ތެރޭގައި ދެ ކުއްޖަކު ކޮވިޑް 19އަށް ޕޮޒިޓިވްވިއެވެ. އެ ދެކުދިންވެސް މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު