މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުން މިދިޔަ ހަފްތާގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބުނު 11 ބިލިއަން ރުފިޔާގެ ތެރެއިން 8.4 ބިލިއަން ރުފިޔާ އަކީ ޓެކުހުގެ ގޮތުގައި ލިބުނު ފައިސާ އެވެ.
ޓެކްސް ނޫން ގޮތް ގޮތުން 2.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު ހިލޭ އެހީގެ ގޮތުގައި މިދިޔަ ހަފްތާގެ ނިޔަލަށް 592.1 މިލިއަން ރުފިޔާ ލިބުނު ކަމަށް ރިޕޯޓުން ދައްކަ އެވެ.
ދައުލަތުން ކުރި ހަރަދުގެ ތަފްސީލަށް ބަލާއިރު ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 7.6 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ރިކަރަންޓު ހަރަދުގެ ގޮތުގައި 14.3 ބިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ދައްކަ އެވެ.
މި އަހަރަށް ހޭދަ ކުރަން ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އެ ބަޖެޓުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 30 ބިލިއަން ލިބޭނެ ކަމަށް ލަފާކުރި އެވެ. ނަމަވެސް ކޮވިޑް 19 އާ ގުޅިގެން މިހާރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 15 ބިލިއަން ރުފިޔާ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު