ބޭންކަށް ޖަމާކުރަން ގެންދިޔަ ފަސް މިލިއަން ރުފިޔާ ފޭރެން އުޅުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކުރީ، 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ރޭގެ ވަގުތެއްގައިވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ، ރޭގެ ވަގުތެއްގައި ހައްޔަރުކުރީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފޭރެން އުޅުމުގެ މި ހާދިސާ ހިންގާފައި ވަނީ ބޭންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތިންނެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ވެހިކަލުން ފޭރެން މަސައްކަތްކޮށްފައިވަނީ ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހެކެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ފައިސާތައް ހުރި ފޮށިގަނޑު އެމީހުން ފޭރެން އުޅެނިކޮށް، ހުއްޓުވާފައިވަނީ ބީއޯސީގެ ސެކިއުރިޓީ ގާޑެކެވެ. އަދި ފައިސާ ފޭރެން އުޅުނު މީހުން އަތުލައިގަތުމަށް ސައިކަލެއްގައި ދިޔަ އެހެން މީހަކު މަސައްކަތްކުރާ ތަން ވެސް ވީޑިއޯ އިން ފެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު