ކޯމާއެއްގައި އޮތް ސެމްސަންގްގެ ޗެއާމަން މަރުވެއްޖެއެވެ.
ސެމްސަންގްގެ ޗެއާމަން ލީ ކުން ހީ މަރުވެފައިވަނީ 2014 ވަނަ އަހަރު ހާޓްއެޓޭކެއް ޖެހި ހާލު ދެރަވެ ކޯމާއެއްގައި އޮންނަތާ 6 އަހަރު ފަހުންނެވެ.
ސެމްސަންގް އިން ނެރެފައިވާ ބަޔާނެއްގައި ވަނީ ޗެއާމަން ލީ އަކީ ދުނިޔެ ގަބޫލުކުރާ ކުންފުންޏަކަށް ސެމްސަންގް ބަދަލު ކޮށްދިން ފަރާތްކަމަށާއި އެއީ ސެމްސަންގެ ހަނދާންތަކާ ގުޅިފައިވާ ހިތްހެޔޮ މީހެއް ކަމަށެވެ.
2012 ވަނަ އަހަރު ސެމްސަންގެ ވައިސް ޗެއާމަން ކަމާ ހަވާލުވުމަށްފަހު ލީ ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާފައި ކަމަށް ސެމްސަންގުން ބުނެފައި ވެއެވެ.
ސެމްސަންގް
ސެމްސަންގް
ސެމްސަންގް
ސެމްސަންގް