ޕޯސްޓުން ރާއްޖެ އެތެރެ ކުރަން އުޅުނު 1.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ ޕޯސްޓް މެދުވެރިކޮށް 12 ފަހަރެއްގެ މަތިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި މި ތަކެތި އަތުލައިގެންފައިވަނީ 28 ޖޫން އިން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ އެކި ޕާރުސަލްތައް ފާސްކުރުމުގެ ތެރޭގައި ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 503 ގްރާމް ހުރި ކަމަށާއި މި ތަކެތީގެ އަގު ގާތްގަނޑަކަށް 1.5 މިލިއަން ރުުފިޔާއަށް އަރާނެ ކަމަށެވެ.
ކަސްޓަމްސް އިން ބުނީ ހަތަރު ބާވަތެއްގެ މަސްތުވާތަކެތި ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ކެޓަމިންއާ އެކްސްޓެސީ އާއި ކެނެބިސް އަދި ކޮކޭންއެވެ. މި ތަކެތި ގެނެސްފައިވަނީ ނެދަލެންޑުންނާއި އިތިއޯޕިއާ އާއި ގްރޭޓް ބްރިޓެން އިން ކަމަށެވެ.
ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތީގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އެތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު