މި ދުވަސްވަރަކީ އެކި ގައުމުތަކުން ރާއްޖެއަށް ދޫނި ހިޖުރަކުރާ މޫސުން ކަމަށާއި އެހެންކަމުން ހިމާޔަތްކޮށްފައިވާ ދޫނި ހިފައި އެތަކެއްޗަށް ގޯނާ ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފިއެވެ.
އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ވަނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔާތްކޮށްފައި ކަމަށެވެ. ނަމަވެސް އެގޮތަށް ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފައި، ހައްޔަރުކޮށް، އެތަކެއްޗަށް ގޯނާކުރާކަން ފާހަގަވާކުރެވޭ ކަމަށާއި އެއީ އެ އެޖެންސީން ކަންބޮޑުވާ ކަމެއް ކަމުގައިވެސް ބަޔާނުގައި ބުންޏެވެ.
"ފުޓްބޯޅަ ދަނޑުތަކާ ހާމައަށް ހުންނަ ބިންތަކާއި ހިއްކާފައި ހުންނަ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ މި އެޖެންސީއަށް އަންނަނީ ލިބެމުން،" އީޕީއޭ އިން ބުންޏެވެ.
އީޕީއޭ އިން ވަނީ، ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފައި، އެތަކެއްޗަށް ގޯނާކޮށް ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރިވެފައެވެ. އަދި ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފުމުގެ އިތުރުން އެއިން އެއްވެސް ބާވަތެއްގެ ދޫނި ގެންގުޅުމާއި އެ ދޫނީގެ ބިސް ނެގުމާއި ހާއްޔަށް ގޯނާކުރުމަކީވެސް މަނާކަމެއް ކަމަށް ބުންޏެވެ.
ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދާއި ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި ގެންގުޅުމާ ބެހޭ ގަވައިދުގެ ދަށުން އެފަދަ އަމަލެއް ކޮށްފިނަމަ 500 ރުފިޔާއިން ފެށިގެން 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އީޕީއޭއަށް އޮވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު