ބަތަލާ ސޮނާލީ ބެންޑްރީ ކެންސަރަށް ފަރުވާ ހޯދުމަށްފަހު އެނބުރި މުމްބާއީ އަށް ދިރިއުޅުން ބަދަލުކޮށްފިއެވެ. އެގޮތުން ކެންސަރު ބަލި ޖެހުމުން އަހަރެއްހާ ދުވަހު ފަރުވާ ކުރުމަށް ސޮނާލީ އުޅެމުން ދިޔައީ ޔުނެއިޓެޑް ސްޓޭސްގައެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސޮނާލީ ބުނެފައިވަނީ އޭނާ މިހާރު އިންތިޒާރު ކުރަމުން އަންނަނީ އަނެއްކާ ފިލްމު ކުޅެން ފަށަން ރަނގަޅު ޕްރޮޖެކްޓަކަށް ކަމަށެވެ. މީގެ އިތުރުން ސޮނާލީ ބުނީ ކެންސަރު ބަލި ޖެހުމުން އޭނާގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ކިތަންމެ ބޮޑު އަގެއް ކިޔަސް، ފިލްމުގެ ވާހަކަ އޭނާއަށް ކަމުނުދަންޏާ އެ ފިލްމެއް ނުކުޅޭނެ ކަމަށްވެސް ސޮނާލީ ބުންޏެވެ.
ސޮނާލީ ވަނީ ގިނަ ރިއަލިޓީ ޝޯތަކެއްގައި ޖަޖް ކަން ވެސް ކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން