އަމިއްލަ ފަރުދުންގެ 51 ވިޔަފާރިއެއް އިކޮނޮމިކް މިނިސްޓްރީން ބާތިލުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ ތެރެއިން 51 ވިޔަފާރިއެއް ބާތިލްކޮށްފައިވާ ކަމަށެވެ. އެ ވިޔަފާރިތައް ބާތިލްކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ނަމަވެސް އެ ވިޔަފާރިތައް ބާތިލްކުރި ސަބަބެއް އިކޮނޮމިކް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަކީ އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ މައިދާނަށް ނެރެ އެ ފަރާތްތަކަށް ވިޔަފާރި ހިންގުމަށް މަގުފަހިކުރުމަށް ބާރުއެޅުމުގެ ގޮތުން 2014 ވަނަ އަހަރު ތަސްދީގު ކުރި ގާނޫނެކެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މިލްކުވެރި ފަރާތަކީ ވިޔަފާރީގެ ވެރިފަރާތް އެކަންޏެވެ.
އަމިއްލަ ފަރުދުންގެ 51 ވިޔަފާރިއެއް ބާތިލްކުރި އިރު، އަހަރީ ފީ ނުދައްކައިގެން މިއަހަރުގެ ތެރޭގައި 4924 ކުންފުންޏެއް ވަނީ އުވާލައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު