ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑް ލީޑިން އެއާޕޯޓް 2020" އެވޯޑަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަނެއްކާވެސް ނޮމިނޭޓްވެއްޖެއެވެ.
ވީއައިއޭ އިން ބުނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑް ލީޑިން އެއާޕޯޓް 2020" އަށް އެ އެއާޕޯޓް ނޮމިނޭޓް ވެފައިވާ ކަަމަށާއި ރެޖިސްޓާ ވުމަށްފަހު ވޯޓު ދިނުމަށް އެދޭ ކަމަށެވެ.
ވީއައިއޭއިން ވަނީ މި އެވޯޑަށް ޖެހިޖެހިގެން 12 ފަހަރަށް ނޮމިނޭޓް ވެފައެވެ. އެންމެ ފުރަތަމަ ނޮމިނޭޓް ވެފައިވަނީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ވީއައިއޭ މި އެވޯޑަށް ނޮމިނޭޓްވެއެވެ. ނަމަވެސް އެއްވެސް ފަހަރަކު މި އެވޯޑް ވީއައިއޭއަށް ލިބިފައެއް ނުވެއެވެ.
ވީއައިއޭގެ އިތުރުން މި އެވޯޑަށް މިއަހަރު 22 އެއާޕޯޓަކުން ނޮމިނޭޓްވެފައިވެއެވެ. އޭގެ ތެރޭގައި ފާއިތުވެދިޔަ ދެ އަހަރު މި އެވޯޑު ކާމިޔާބުކުރި ސިންގަޕޯ ޗަންގީ އެއާޕޯޓުވެސް ހިމެނެއެވެ.
މި އެވޯޑުގެ އިތުރުން ވީއައިއޭ ވަނީ މިއަހަރުގެ އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓުގެ އެވޯޑަށް ވެސް ނޮމިނޭޓްވެފައެވެ. ވީއައިއޭއިން އެ އެވޯޑް މިހާތަނަށް 11 ފަހަރު ވަނީ ހޯދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު