ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުކުޅު ފިހާރައިން ކޮންމެ ހަފުތާއަކު "ފްރޯޒަން ޕެކް"އެއް ލިބޭ ޕްރޮމޯޝަންގެ ހަތަރު ވަނަ ހަފުތާގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ފެށި ކުކުޅު ފިހާރައިގެ "ފްރޯޒަން ޕެކް" ޕްރޮމޯޝަންގެ ހަތަރު ވަނަ ހަފުތާގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އައިމިނަތު ޝަރާއެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ކުކުޅު ފިހާރައިގެ ޕޭޖުގައިވާ "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށްފަހު އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކުކުޅު ފިހާރައިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ހަފުތާގެ ނަސީބުވެރިޔާ އިއުލާން ކުރަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުއެވެ.
މީގެ ކުރިން ކުކުޅު ފިހާރައިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އެ ފިހާރައިގެ އީ-ޝޮޕިން މޯލް ހުޅުވުމާއެކު އެކިއެކި ސާމާނު އަގުހެޔޮކޮށް މިހާރު ލިބެއެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް އެ ފިހާރައިން ބުނެއެވެ. އެގޮތުން އެން 95 މާސްކާއި ސެނެޓައިޒާ ވެސް ކުކުޅު ފިހާރައިގެ އީމޯލް އިން މިހާރު ލިބޭނެއެވެ.
ކުކުޅު ފިހާރައިގެ ދެ އައުޓްލެޓް މާލޭގައި ހުންނަ އިރު ހުޅުމާލޭގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ހުރެއެވެ. އޭގެ އިތުރުން އއ. ތޮއްޑޫ، ރ. މަޑުއްވަރީ އަދި ސ. ހިތަދޫގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ވަނީ ހުޅުވައިފައެވެ.
ކުކުޅު ފިހާރައިން ބުނީ، މާލެ އާއި އަތޮޅުތެރޭގައި އެ ފިހާރައިގެ އިތުރު އައުޓްލެޓުތައް ހުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެ ފިހާރައިގެ އަމާޒަކީ އެ ފިހާރައިގެ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކުރުމެވެ. އަދި ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނިކުރި ތަކެތި ފޯރުކޮށްދިނުމެވެ.
ކުކުޅު ފިހާރައިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މައުލޫމާތު ހޯދުމަށް ހުޅުމާލެއިން ނަމަ 9666575 އަށް އަދި މާލެއިންނަމަ 9986575 އަށް ގުޅުމަށް އެ ފިހާރައިން އެދެއެވެ.
ކުކުޅު ފިހާރަ
ކުކުޅު ފިހާރަ
ކުކުޅު ފިހާރަ
ކުކުޅު ފިހާރަ