ޕެޓްރޯލް އަދި ޑީސަލްގެ އަގު ބޮޑުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެސްޓީއޯ އިން ދޮގުކޮށްފި އެވެ.

ޕެޓްރޯލް އަދި ޑީސަލްގެ އަގު ބޮޑުކޮށްފައިވާ ކަމަށް މިއަދު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް އެ ވާހަކަތައް ދޮގުކޮށް އެސްޓީއޯ އިން ބުނީ، ޕެޓްރޯލް އަދި ޑީސަލްގެ އަގަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.

އެގޮތުން މިދިޔަ މާޗު މަހު ތެލުގެ އަގު ކުޑަކުރި ފަހުން އިތުރު ބަދަލެއް ނުގެންނަ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މިދިޔަ މާޗް މަހުން ފެށިގެން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 8.07 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް މިހާރު ވިއްކަމުން އަންނަނީ 8.87 ރުފިޔާ އަށެވެ.