އއ. ތޮއްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބަންގުލަދޭޝްގެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ތޮއްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ 31 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު 43 އަހަރުގެ ބަންގުލަދޭޝްގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިމަހު އައްޑޫ ސިޓީގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހަކު ރޭޕްކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކުރިއެވެ. އައްޑޫ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ 48 އަހަރުގެ އަންހެނަކު ރޭޕްކުރި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު