ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވައިލައްވައިފިއެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، މިދިޔަ މަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ނައިބު ރައީސް މިއަދު ކުރެއްވި ޒިޔާރަތުގައި އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓް، އެއާޕޯޓުގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މައުލޫމާތުދެއްވި ކަމަށެވެ.
ނައިބު ރައީސްއާއެކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލްގެ އިތުރުން އެއާޕޯޓުގެ ސްޓޭކްހޯލްޑަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ.
މިދިޔަ މަހު ބޯޑަރު ހުޅުވާލައި، ފަތުރުވެރިކަން ފެށުމުން ރާއްޖެއަށް ފަތުރުވެރިން އަންނަން ވަނީ ފަށައިފައެވެ. އެގޮތުން މިދިޔަ މަހުގެ 15 އިން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ރާއްޖެއަށް 5،177 ފަތުރުވެރިން އައިސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު