ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް އިސްލާހު ގެނައުމުުގެ ބިލެއްގެ ގޮތުގައި އެބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.
ޑީއާރުޕީގެ ލީޑަރުގެ ގޮތުގައިވެސް ހުންނެވި ޖާބިރު ހުށަހެޅުއްވި ބިލުގައި ވަނީ ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު، ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަަމަށް ކަނޑައެޅި ނަމަވެސް ގާނޫނުއަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމެއްކަމަށް ކަނޑައަޅައި މުތުލަގު ގޮތެއްގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.
ގާނޫނުއަސާސީ ތަސްދީގު ކުރި ފަހުން ބޭއްްވި ރިޔާސީ އިންތިހާބުތަކުގެ މައްޗަށާއި ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލައި ވިސްނާ އިރު، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށްކަން އެނގެން އޮތް ކަމަށްވެސް ޖާބިރުގެ ހުށަހެޅުމުގައި ވިދާޅުވެފައިވެއެވެ.
މިގޮތުން ރާއްޖޭގައި ހިންގަމުން އަންނަ ވެރިކަމަކީ "ރިޔާސީ ނިޒާމެއްގެ" ފުރިހަމަ ސިފައިގައި ހިނގަމުން އަންނަ ވެރިކަމަކަށް ނުވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ. އަދި ލިބޭ ގެއްލުމުން ރައްޔިތުން ސަލާމަތް ވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު "ބަރުލަމާނީ ނިޒާމް" އަކަށް ބަދަލުވެގެން ދިއުމުން ކަމަށް ގަބޫލު ކުރެވޭތީ އާއި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަކީ ރައްޔިތުންނަށް އަސާސީ ހައްގުތަކާއި މިނިވަންކަމަށް އެއްވެސް އުނިކަމެއް އަންނާނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
ޖާބިރު ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމަކަށް ވެެރިކަން ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ގާނޫނުއަސާސީއާ ތައާރަޒުވާ ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު