ފިނިކުރި ކުކުޅާއި ކުކުޅުގެ ބައިތަކާއި ފިނިކުރި އިތުރު ބާވަތްތައް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ "ކުކުޅު ފިހާރަ" އިން ހިޖުރީ އާ އަހަރާ ދިމާކޮށް އިތުރު ޕްރޮމޯޝަނެއް ފަށައިފިއެވެ.
ކުކުޅު ފިހާރައިން "ވަން" އަށް މައުލޫމާތު ދިން ގޮތުގައި އެ ފިހާރައިން ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ ފޭސްބުކް މެދުވެރިކޮށް ކުރިއަށްގެންދާ "ޝެއާ އެންޑް ވިން" ޕްރޮމޯޝަނެކެވެ.
އެގޮތުން އަންނަ އޮކްޓުބަރު މަހުގެ 20 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖުގައިވާ "ޝެއާ އެންޑް ވިން" ޕޯސްޓަށް ލައިކެއް ދިނުމަށްފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެސަކު ޓެގު ކޮށްގެން ކަމަށް ކުކުޅު ފިހާރައިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މި ޕްރޮމޯޝަންގެ ނަސީބުވެރިން އިއުލާނު ކުރާނީ ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހު ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ. ކޮންމެ ހަފްތާއެއްގައިވެސް ހޮވާ ނަސީބުވެރިޔަކަށް ކުކުޅު ފިހާރައިން ވިއްކާ ގަނޑުކުރި ބާވަތްތައް ހިމެނޭ ގިފްޓް ޕެކެއް ލިބޭނެ ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ. މި ގިފްޓް ޕެކުގައި ހިމެނޭނީ؛
- ޗިކަން ޑްރަމްސްޓިކް ޕެކެއް
- ސޮސެޖް ޕެކެއް
- ޗިކަން ގިޒާޑް ޕެކެއް
- ފްރެންޗް ފްރައިސް ޕެކެއް އަދި
- 900 ގްރާމްގެ ބީފް ޕެކެއް
މީގެ ކުރިން ކުކުޅު ފިހާރައިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އެ ފިހާރައިގެ އީ-ޝޮޕިން މޯލް ހުޅުވުމާއެކު އެކިއެކި ސާމާނު އަގުހެޔޮކޮށް މިހާރު ލިބެއެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް އެ ފިހާރައިން ބުންޏެވެ. އެގޮތުން އެން 95 މާސްކާއި ސެނެޓައިޒާވެސް ކުކުޅު ފިހާރައިގެ އީމޯލްއިން ލިބެއެވެ.
ކުކުޅު ފިހާރައިގެ ދެ އައުޓްލެޓް މާލޭގައި ހުންނައިރު ހުޅުމާލޭގައިވެސް އެ ފިހާރައިގެ އައުޓްލެޓެއް ހުރެއެވެ. އަދި އއ. ތޮއްޑޫގައި އަދި ސ. ހިތަދޫގައިވެސް އެ ފިހާރައިގެ އައުޓްލެޓެއް ހުރެއެވެ. މީގެ އިތުރުން މާލޭގައި އަދި އަތޮޅު ތެރޭގައި އެ ފިހާރައިގެ އިތުރު އައުޓްލެޓުތައް ހުޅުވުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ. ކުކުޅު ފިހާރައިގެ އަމާޒަކީ އެ ފިހާރައިގެ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކުރުމެވެ. އަދި ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނި ކުރި ތަކެތި ފޯރުކޮށްދިނުމެވެ.
ކުކުޅު ފިހާރައިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މައުލޫމާތު ހޯދުމަށް ހުޅުމާލެ އިން ނަމަ 9666575 އަށް އަދި މާލެއިން 9986575 އަށް ގުޅުމަށް އެ ފިހާރައިން އެދެއެވެ.
ކުކުޅު ފިހާރަ
ކުކުޅު ފިހާރަ
ކުކުޅު ފިހާރަ
ކުކުޅު ފިހާރަ