މިއަހަރުގެ ހިޖުރީ އާ އަހަރާ ދިމާކޮށް، ޑައިރެކްޓް ޑިމޮކްރަސީ ގްލޯބަލް މޯލްޑިވްސް (ޑީޑީޖީއެމް)ގެ އޮފީސް މާލޭގައި ހުޅުވައިފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހެންވޭރު ހިރަފުސްގެ ގްރައުންޑް ފްލޯގައި ހުންނަ އެ އޮފީސް ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.
ޑީޑީޖީއެމްގެ އޮފީސް ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ޑީޑީޖީއެމްއަކީ ގައުމުގެ ލާބައާއި މަންފާއަށް ހެޔޮ ނިޔަތުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށެވެ. އަދި އެ ޖަމިއްޔާއިން މިހާތަނަށްވެސް އެފަދަ އެތައް މަސައްކަތެއް ކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ގަބޫލުކުރަނީ މި ޖަމިއްޔާގެ މަސައްކަތަކީ މުޖުތަމައަށާއި ގައުމުގެ ހުރިހާ ފަރުދުންނަށް ފައިދާހުރި ކަންކަން ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
ޑީޑީޖީއެމްއަކީ ރާއްޖޭގައި ހުރި އިގުތިސޯދީ، އިޖުތިމާއީ އަދި މިނޫންވެސް ހައްލު ކުރަން ވެފައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ވުޒާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރެޖިސްޓާ ކުރެވިފައިވާ ޖަމިއްޔާއެވެ. އެ ޖަމިއްޔާގެ ހެޑް އޮފީސް ހުންނަނީ ސްވިޒަލޭންޑްގެ ޖެނީވާގައެވެ.
ޑީޑީޖީއެމްގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު އަސްރާ އަހުމަދެވެ.
ޚަބަރު
ޚަބަރު
ޚަބަރު