އަންނަ ނޮވެމްބަރު މަހު ހަ ރަށެއްގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ފެށޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ތ. ތިމަރަފުއްޓާއި ވޭމަންޑޫގެ ކުނި މެނޭޖްކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ގޮތާ ބެހޭގޮތުން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުالله ރިޔާޒު މިނިސްޓަރާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ހަ ރަށުގެ ތެރޭގައި ތިމަރަފުއްޓާއި ވޭމަންޑޫ ހިމެނޭ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މ، ފ، ދ، ތ އަދި ލ އަތޮޅުގެ 43 ރަށަކަށް އަމާޒުކޮށްގެން ތިމާވެއްޓާ ރައްޓެހި އަދި އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖުކުރެވޭނެ ނިޒާމުތަކެއް ގާއިމުކުރުމަށް ވެސް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އެގޮތުން ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ "މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް"ގެ ދަށުން ތިމަރަފުށީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކޮށް އެތަނަށް ކުނި މެނޭޖުކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ފޯރުކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު