ޖޯ ބައިޑެން ގެ ރަނިން މޭޓަކަށް ކަމަލާ ހެރިސް ހަމަޖައްސައިފިއެވެ.
އެމެރިކާގެ އިންތިހާބުގައި ވާދަކުރާ އެގައުމުގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ގެ ރަނިން މޭޓަކަށް ކަމަލާ ހެރިސް ހަމަޖެއްސުން ވެގެންދާނީ އެމެރިކާގައި ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ނައިބުރައީސް ކަމުގެ މަގާމަށް ކަޅު ނަސްލުގެ އަންހެނަކު ކުރިމަތިލާ ފަހަރު ކަމުގައެވެ.
މިއީ ޖޯ ބައިޑެންއަށް އިންތިހާބުން މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިކޮށްލުމަށް ލިބޭ އިތުރު ބާރަކަށް ވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ޖޯ ބައިޑެން ވަނީ އޭނާ ބޭނުންވީ އެކުގައި މަސައްކަތްކުރާނެ ވަރުގަދަ، ކެރޭ އަދި ކަންކަމަށް ކުރިމަތި ލުމަށް ތައްޔާރު މީހެއްކަމަށް ބުނެފައެވެ. އަދި ކަމަލާ އަކީ މިކަމަށް އެންމެ ގާބިލު ކެންޑިޑޭޓް ކަމަށްވެސް ބައިޑެން ވަނީ ބުނެފައެވެ.
ކަމަލާ ހެރިސް ވެސް ވަނީ ރަނިންގްމޭޓަކަށް އައްޔަން ކުރުމަކީ ލިބިގެން ދިޔަ ޝަރަފެއް ކަމުގައި ބުނެފައެވެ. ކަމަލާވަނީ ބައިޑެން އަކީ އެމެރިކާގެ ރައްޔިތުން އެއްބައިވަންތަ ކުރުވާނެ ލީޑަރެއް ކަމުގައި ސިފަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ