މާލެ ހިޔާ 2ގެ ފުރަގަހުގައި ހުންނަ ފުލޫ ކުލިިނިކްގެ ހިދުމަތް މާދަމާއިން ފެށިގެން ދޭނީ ހެނދުނު 9:00 އިން ރޭގަނޑު 11:00 އަށް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާލެ ހިޔާ 2ގެ ފުރަގަހުގައި ހުންނަ ފުލޫ ކްލިިނިކްގެ ހިދުމަތްދޭ ގަޑި ބަދަލުކުރެވިފައިވާ ކަމަށާއި އެގޮތުން މާދަމާއިން ފެށިގެން އެ ފުލޫ ކްލިނިކުން ހިދުމަތް ދޭނީ ހެނދުނު 9:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ އެ ކްލިނިކަށް ދިވެހިންގެ އިތުރުން ބިދޭސީންނަށް ވެސް ދެއްކޭނެ ކަމަށެވެ.
މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ، ހުން އައިސް ކެއްސާ ނުވަތަ ރޯގާގެ އަލާމާތެއް ހުރި ނަމަ، ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި އެ ކްލިނިކަށް ގޮސް ޑޮކްޓަރަށް ދެއްކުން އެދޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު