ތިން މަހަށް ވުރެ ގިނަ ދުވަހުގެ ބޭސް ރާއްޖެއިން ބޭރުން ގެންނަ ނަމަ ބަލި މީހާގެ މެޑިކަލް ރެކޯޑްސް ބޭނުންވާނެ ކަމަށް އެސްޓީއޯ މެޑިކަލް ސާވިސްއިން ބުނެފިއެވެ.
ކޮވިޑް 19ގެ ސަބަބުން ގިނަ ގައުމުތަކަށް އެތެރެ ނުވެވޭ ގޮތަށް ބޯޑަރު ބަންދުކޮށްފައި އޮތުމުން ބޭރުން ގެންނަން ޖެހޭ ބޭސްތައް ރާއްޖެ ގެނެސްދެނީ އެސްޓީއޯގެ ފަރާތުންނެވެ.
އެސްޓީއޯގެ މެޑިކަލް ސާވިސްއިން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނީ، ބޭރުން ބޭސް ގެންނައިރު، މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީއަށް ބައެއް ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ ކަމަށާއި އެހެންކަމުން ބޭސް ގެންނަން އެދޭ ފަރާތްތަކުން އެ ލިޔެކިޔުންތައް ހުށަހެޅުން އެދޭ ކަމަށެވެ.
އެގޮތުން ބޭރުން ބޭރުން ގެނެސްދޭނީ ބޭސް ސިޓީ ލިޔުނު ތާރީހުން ފެށިގެން ދެ މަސް ދުވަސް ހަމަނުވާ ބޭސް ސިޓީތަކަށް ކަމަށާއި ބޭސް ސިޓީއާއެކު ބަލި މީހާގެ އައިޑީކާޑުގެ ދެ ފުށުގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ތިން މަސް ދުވަހަށްވުރެ ގިނަ ދުވަހުގެ ބޭސް ލިޔެފައިވާނަމަ ބަލި މީހާގެ މެޑިކަލް ރެކޯޑްސް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު