ޚަބަރު

ކުކުޅު ފިހާރަ: އެގާރަ ވަނަ ހަފުތާގެ ނަސީބުވެރިޔާ ހޮވައިފި

އަލީ ޔާމިން

ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ"ގެ އީމޯލް އިން ތިން މަސް ދުވަހަށް ކުރިޔަށްގެންދާ ޕްރޮމޯޝަންގެ އެގާރަވަނަ ހަފުތާގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ފޭސްބުކްގައި ކުކުޅު ފިހާރަ އީ މޯލް އިން ފަށާފައިވާ އެ ޕްރޮމޯޝަންގައި މިހާރު ދިހަ ހަފުތާ ނިމިފައިވާ އިރު، އެ ފިހާރައިގެ ޕޭޖުގައިވާ "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

.

އެގޮތުން މި ޕްރޮމޯޝަންގެ އެގާރަ ވަނަ ހަފުތާގެ ނަސީބުވެރިޔަކީ އައިޝަތު ވަހީދާއެވެ.

ކުކުޅު ފިހާރައިން މީގެ ކުރިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އެ ފިހާރައިގެ އީ-ޝޮޕިން މޯލް ހުޅުވުމާއެކު އެކިއެކި ސާމާނު އަގުހެޔޮކޮށް މިހާރު ލިބެއެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް އެ ފިހާރައިން ބުންޏެވެ. އެގޮތުން އެން 95 މާސްކާއި ސެނެޓައިޒާވެސް ކުކުޅު ފިހާރައިގެ އީމޯލްއިން ލިބެއެވެ.

ކުކުޅު ފިހާރައިގެ ދެ އައުޓްލެޓް މާލޭގައި ހުންނައިރު ހުޅުމާލޭގައިވެސް އެ ފިހާރައިގެ އައުޓްލެޓެއް ހުރެއެވެ. އަދި އއ. ތޮއްޑޫގައިވެސް އެ ފިހާރައިގެ އައުޓްލެޓެއް ހުރެއެވެ. ކުކުޅު ފިހާރައިގެ އަމާޒަކީ އެ ފިހާރައިގެ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކުރުމެވެ. އަދި ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނި ކުރި ތަކެތި ފޯރުކޮށްދިނުމެވެ.

ކުކުޅު ފިހާރައިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މައުލޫމާތު ހޯދުމަށް ހުޅުމާލެ އިން ނަމަ 9666575 އަށް އަދި މާލެއިން 9986575 އަށް ގުޅުމަށް އެ ފިހާރައިން އެދެއެވެ.