ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް އޭނާގެ ވީޑިއޯ އާންމުކޮށްފިއެވެ.
އެ މީހާގެ ވީޑިއޯ އާންމުކޮށް، ފުލުހުން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނީ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓުމަންޓުން ތަގުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ވީޑިއޯގައިވާ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ، އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ނަންބަރު 3322111 ނުވަތަ 9631696 ނަންބަރު ފޯނާ ގުޅައި މައުލޫމާތު ހިއްސާ ކުރުން އެދޭ ކަމަށެވެ.
މީގެ ކުރިންވެސް ފުލުހުން ވަނީ އެކި މައްސަލަތަކާ ގުޅިގެން މީހުން ހޯދުމަށް އެމީހުންގެ ފޮޓޯއާއި ވީޑިއޯ އާންމުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު