ލަންކާގެ ޖަލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބުޅަލެއް ފެނިއްޖެއެވެ.
ލަންކާގެ ކޮލަމްބޯ މެގަޒިން ޕްރިޒަންގެ އޮފިޝަލަކު ވަނީ ބުޅާ ފެނިފައިވަނީ ހެރޮއިން ޖަލަށް އެތެރެކުރަން މަސައްކަތް ކުރަނިކޮށެވެ. ޖަލުގެ އޮފިޝަލުވަނީ ހެރޮއިން ފެނިފައިވަނީ އެބުޅަލުގެ ކަރުގައި އައްސާފައިވާ ކުޑަ ޕެކެޓެއްގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ.
ދެ ގްރާމް ގެ ހެރޮއިން އާއި ދެ ސިމްކާޑުގެ އިތުރުން މެމޮރީ ކާޑެއްވެސް ފެނިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ލަންކާގެ ފުލުހުން ވަނީ މިމައްސަލައިގެ ތަހުގީގު ފަށައި ބުޅާ އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިދިޔަ ހަފްތާގައި ބާޒެއް ބޭނުންކޮށްގެންވެސް ލަންކާގެ ޖަލަކަށް މަސްތުވާތަކެތި އެތެރެކުރަށް އުޅުބަޔަކު ވެސް ހައްޔަރުކުރިއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ